twitterviber whatsapp telegramfacebookyoutube instagram
13th February 2026

ގައުމީ ޔުނިވަރސިޓީގެ “ފަހި ދުވަސް” ކުޅުދުއްފުށީ ކެމްޕަހުގައި މިއަދު ފަށައިފި

Oct 4, 2013

ގައުމީ ޔުނިވަރސިޓީގެ “ފަހި ދުވަސް” ކުޅުދުއްފުށީ ކެމްޕަހުގައި މިއަދު ފަށައިފި އެވެ.

“ފަހި ދުވަސް” ކުޅުދުއްފުށީގައި ފައްޓަވައި ދެއްވީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯގެ ޑީން ޑރ. އަބުދުއް ސައްތާރު އަބުދުއްރަހުމާނެވެ. މިއަދު ހަވީރު “ފަހި ދުވަސް” ހުޅުވުމުގެ ގޮތުން ކުޅުދުއްފުށީގެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ޑރ. އަބުދުއްސައްތާރު ވިދާޅުވީ ރަށުގައި ހުރެގެން ކިޔެވުމަށް ލިބޭ މިފަދަ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮތުގައި ހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އަންނަ އަހަރުގެ ޖެނުއަރީގައި ކުރިއަށް ގެންދާނެ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ދަރިވަރުން ކުރިއަށްދާނެ ދާއިރާއެއް ޚިޔާރުކުރުމަށް އެހީތެރިވެދީ، ސެޓްފިކެޓްތައް ހިލޭ އެޓެސްޓްކޮށް އެޕްލިކޭޝަން ފޯމް ފުރުމާއި ބަލައިގަތުމުގެ އިންތިޒާމުވެސް ކެމްޕަހުގައި ކުރިއަށްދާނެ ކަމަށް ގައުމީ ޔުނިވަރސިޓީ އިން ބުއެވެ.

މިއަދު ހަވީރު ފެށި ފަހި ދުވަހުގެ ހަރަކާތްތައް މާދާމާ ހަވީރު ހަޔަކަށް ކުރިއަށް ދާނެ އެވެ.

[yass cats=43]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355