twitterviber whatsapp telegramfacebookyoutube instagram
25th October 2025

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީޗަރުންނަށް ހާއްސަ ޑިނަރނައިޓެއް ބާއްވައިފި

Oct 6, 2013

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސްކޫލުތަކުގެ ޓީޗަރުންނަށް ހާއްސަ ޑިނަރނައިޓެއް ބާއްވައިފި އެވެ.

ކުޅުދުއްފުށީގެ ހުންނަ ފަސް ސްކޫލުގެ ޕީޓީއޭ ގުޅިގެން އިންތިޒާމު ކޮށްގެން ބޭއްވި މި ޑިނަރނައިޓުގައި  ކުޅުދުއްފުށީގެ 5 ސްކޫލުގައި މަސައްކަތް ކުރައްވާ 260 އަށްވުރެގިނަ  ޓީޗަރުން  ބައިވެރިވި އެވެ. އަދީ މީގެ އިތުރުން ސްކޫލުތަކުގެ މުވައްޒަފުންނާއި ޕީޓީއޭ އަދި ސްކޫލުތަކުގެ ބޯޑު މެމްބަރުންނާއެކު 313  ބޭފުޅުން މިހަފްލާގައި ބައިވެރިވި އެވެ.

ރޭ އަފީފުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި މި ޑިނަރނައިޓްގައި ބިދޭސީ ޓީޗަރުންނާއި ދޭސީ ޓީޗަރުން އަދި ބެލެނިވެރިން ވަނީ ދުވަހުގެ މުނަސަބަތުގައި ވާހަކަ ދައްކާފަ އެވެ. ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސްކޫލުތަކާއި ހއ، ހދ އަދި ށ ގެ ސްކޫލު ތަކުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކުޅުދުއްފުށީގައި ހުންނަ ފަސް ސްކޫލަކީ ޕްރީސްކޫލު ތައުލީމް ދޭ 2 ސްކޫލު ކަމަށްވާ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީސްކޫލާއި ޕްރައިމަރީއާ ހަމައަށް ކިޔައިވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒާއި ގުރޭޑް 1 އިން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލުގެ އިތުރުން ގުރޭޑް 8 އިން 12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލެވެ.

[yass cats=45]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355