twitterviber whatsapp telegramfacebookyoutube instagram
1st June 2025

ވައިކަރަދޫގައި ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Oct 8, 2013

ހދ. ވައިކަރަދޫގައި ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި މީހާކު ހައްޔަރުކޮށްފި އެވެ.

ހދ ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 45 އަހަރު މީހެކެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ދެވަނަ ދުވަހު އެވެ.

ވައިކަރަދޫއިން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައި ދީފައެވެ.

މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355