twitterviber whatsapp telegramfacebookyoutube instagram
1st June 2025

ދިރާގުގެ އަހަރީ ދުވަސް ފާހަގަކުރުމަށް “ސްޓާފް ޕާޓީ” އެއް ބާއްވައިފި

Oct 8, 2013

ދިރާގުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން “ސްޓާފް ޕާޓީ” އެއް ބާއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރ (ކޭއޯސީ) ގެ ގޯތިތެރޭގައި ބޭއްވި މި ޕާޓީގައި ދިރާގުގެ ހާއްސަ ކަސްޓަމަރުންނާއި ދިރާގުގެ މުވައްޒަފުންގެ އާއިލާގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ހަފުލާގައި ދިރާގުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުނު އެކިއެކި މުބާރާތްތަކުން ވަނަވަނައަށްދިޔަ ފަރާތްތަކަށްވަނީ އިނާމު ހަވާލުކޮށްފައެވެ. އަދި ޕާޓީގެ ޚާއްސަ ކޭކު ފަޅުއްވައިދެއްވީ ޝަރަފުވެރި މެހެމާނު ރިޓަޔަރޑް ސީނިޔާ އެޑްމިން އޮފް ކޭއޯސީ މުހައްމަދު އުމަރެވެ.

މިހަފުލާގައި ދިރާގުގެ ރިހިޔޫބިލާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ވަނީ ބޮޑު ސްކުރީންގައި ދައްކާލާފައެވެ. އަދި ފަރިއްކޮޅަށް އިންސާފުކުރެވުނު އިރު މިސްގާލު ބޮޑުބެރު ގުރޫޕުގެ ހުށަހެޅުންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިރާގުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ދިރާގު ކުޅުދުއްފުށީ ބުރާންޗުގެ މުވައްޒަފުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާ ދެމެދު ހާއްސަ ފުޓުބޯޅަ ދެ މެޗް ކުޅެފައި ވެއެވެ. އަދި އަހަރީ ދުވަހުގެ ހެނދުނު ވަނީ ދިރާގުގެ ސްޓާފުންގެ ބައިސްކަލު ބުރެއްވެސް ބާއްވާފަ އެވެ.

ދިރާގުގެ އަހަރީ ދުވަހަކީ 1 އޮކްޓޯބަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355