ކުޅުދުއްފުށީ ހަސަނާތު މިސްކިތުގެ އިރުމަތީގައި ހަދާ ފުލެޓް ތަކުގެ 88 އިންސައްތަ ނިމިފައިވާ ކަމަށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓް (އޯޕީޕީ) އިން ހާމަކޮށްފި އެވެ.
ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ކުޅުދުއްފުށީގައި އަޅަން ފެށި މި ގެތަކުގެ ތެރެއިން ހަސަނާތު މިސްކިތް ކައިރީގައި އަޅާ 100 ގެތަކުގެ މަސައްކަތުގެ 88 އިންސަތަށް ނިމިފައިވާއިރު ދަނގަޑާއި ކޮންކްރިޓާއި ލަކުނޑީގެ 100 އިންސަތަށް މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ކުލަލުމާއި ދޮރު ހަރުކުރުން ފަދަ ޕްލާސްޓިކްގެ 100 އިންސަތަށް މަސައްކަތް ވެސް ވަނީ ނިމިފައެވެ
މިމަޝްރޫޢު ދަށުން ހއ ދިއްދޫގައި އިމާރާތް ކުރާ 200 ގޭގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އާކިޓެޗްރަލް މަސައްކަތްތައް ކަމަށް އޯޕީޕީ އިން ހާމަ ކުރެއެވެ. ދިއްދޫގައި ހަދާ އިމާރާތްތަކުގެ ފުރާޅުގައި ޓިނުލުމުގެ މަސައްކަތާއި ލަކުޑި އަދި ކުލަލުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް ވެސް އޯޕީޕީއިން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށި ހިއްކިބިމުގައި އަޅާ 100 ފްލެޓްގެ ކޮންކުރީޓްގެ މަސައްކަތާއި ދަގަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު ރޭނުމާއި ކުލަލުމުގެ އިތުރުން ދޮރު ހަރުކުރުމުގެ 23 އިންސައްތަ ނިމިފައިވާ ކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އޯޕީޕީއިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޑީސީއާ ހަވާލުކޮށްގެން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުކައިރީގައި އެޅި ރޯ ހައުސްތަކުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައިވާއިރު ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅާ ފްލެޓްތަކުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
2011 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން އަޅާ ގެތަކާއި ފްލެޓްތައް ނިމި ދިރިއުޅެން ދޫކުރާނެ ދުވަހެއް އެއްވެސް މުއައްސަސާއަކަށް ގުޅައިގެންވެސް ސާފުވާގޮތެއް ނުވިއެވެ.