twitterviber whatsapp telegramfacebookyoutube instagram
13th February 2026

ފަންޑްރައިޒް ކުރުމަށް އެމްޑީޕީ އިން ޖަމްބަލް ސޭލެއް ބާއްވާ 12 ހާހެއްހާ ރުފިޔާ ހޯދައިފި

Oct 13, 2013

ކުޅުދުއްފުށީގެ އެމްޑީޕީ ކެމްޕެއިން ޓީމުގެ ފަރާތުން ފަންޑްރައިޒް ކުރުމަށް ޖަމްބަލް ސޭލެއް ބާއްވާ 12 ހާހެއްހާ ރުފިޔާ ހޯދައިފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އެމްޑީޕީ ގޮފީގެ ސެކެޓްރީ އާދަމް މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބައެއް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި ޖަމްބަލް ސޭލަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށްދިޔަ މި ސޭލުގައި އިލްކްޓްރޯނިކް ސާމާނާއި، ފޮތް އަދި ފިހާރަތަކުން އެސޭލަށް ފޮނުފައިވާ ބައެއް ތަކެތި ވަނީ ވިއްކާފައެވެ.

ކުޅުދުއްފުށީ އެމްޑީޕީގެ ކެމްޕޭން ޓީމުން ދަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ޝައިޚް ހުސައިން ރަޝީދުގެ ތަގުރީރެއްވެސް ރޭ ވަނީ ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355