ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްއިން ހައްޖުމަހާއި އަޟްހާ އީދާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.
މިގޮތުން ވަތަނިއްޔާގެ އައިޑީޑީ ރޭޓު މެދުވެރިކޯށް ސައުދީ އަރަބިއްޔާގައި ތިއްބަވާ ފަރާތްތަކަށް މިނެޓަކު 1.88 ރ އަަށް ގުޅާލެވޭނެ ކަމަށް ވަތަނިއްޔާއިން ހާމަކުރެއެވައެވެ. ގުޅާލަން ބޭނުންވާ ނަމްބަރުގެ ކުރިއަށް 966+011 ޖެއްސެވުމުން މިއަގުހެޔޮ ރޭޓުގައި ގުޅާލެވޭނެ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 31 ގެ ނިޔަލަށްކަމަށް ވަތަނިއްޔާއިން މައުލޫމާތު ދެއެވެ.
ވަތަނިއްޔާ އީދު ސަޕްރައިޒްގެ ނަމުގައި ތަފާތު ގިނަ އިނާމުލިބޭ ޕްރޮމޯޝަނެއްވެސް ވަތަނިއްޔާއިން ވަނީ ތައާރަފް ކޮށްފަ އެވެ. މިގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް #999* އަށް ގުޅުއްވައިގެން އިނާމުގެ ގޮތުގައި އައިފޯން ފައިވް އެސް އާއި، އައިޕެޑް މިނީގެ އިތުރުން ހިލޭ މިނެޓުވެސް ލިބިގެންދާނެއެވެ. އަދި އެސްޓީއޯގެ ހެޔޮއެދުންތަކާއެކު ފިލިޕްސް ބްރޭންޑުގެ ރޭޑިޔޯ ކްލޮކާއި ފިލިޕްސް ސައުންޑްޝޫޓަރސްވެސް ލިބިގެންދާނެ ކަމަށް ވަތަނިއްޔާއިން ހާމަކުރެއެވެ. ގިނަ އިނާމުތަކެއް ކަސްޓަމަރުންނަށް ލިބިގެންދާ އީދު ސަޕްރައިޒް ޕްރޮމޯޝަން ނޮވެމްބަރ މަހުގެ 8ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މީގެއިތުރުން ވަތަނިއްޔާ ރީތި ޓިއުންސްގެ ޚިދުމަތް މަހުފީއަކާނުލާ، ހަމައެކަނި އެކްޓިވޭޝަން ފީއާއެކު ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން ރީތިޓިއުންސް މެދުވެރިކޮށް އީދު ތަހުނިޔާގެ ލަވަތައް ހޯއްދެވުމަށްSEARCH T LIKE EID ޖެއްސުމަށްފަހު 4546 އަށް އެސްއެމްއެސް ކުރުއްވުމުން އީދުގެ ތަހުނިޔާގެ ލަވަތަކުގެ ޓިއުންއައިޑީގެ މައުލޫމާތު ލިބޭނެ ކަމަށް ވަތަނިއްޔާއިން ހާމަކުރެއެވެ.