twitterviber whatsapp telegramfacebookyoutube instagram
25th October 2025

އަދާލަތުން ޖުމްހޫރީ ޕާޓީއާ ގުޅުނީ 20 މިލިއަން ރުފިޔާއަށް ކަމަށް ޝެއިހް ހުސެއިން ރަޝީދު ތުހުމަތު ކުރައްވައިފި

Oct 13, 2013

އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅުނީ 20 މިލިއަން ރުފިޔާ އަށް ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސެއިން ރަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރޭ ކުޅުދުއްފުށީ އެމްޑީޕީގެ ފަރާތުން ބޭއްވި ދީނީ ދަރުސް އެއްގައި ވާހަކަ ދައްކަވަމުން ޝެއިހް ހުސެއިން ރަޝީދު ވިދާޅުވީ އަދާލަތުން ޖުމްހޫރީ ޕާޓީއާ ގުޅުމަށް އެއްބަސްވީ 20 މިލިއަން ރުފިޔާއަށް ކަމަށާއި ޝެއިހްޝަހީމާއި ޝެއިހް އިމްރާން އިސްލާމްދީނޭ ކިޔަން ބޭނުންނަމަ އެބޭފުޅުން އިސްލާމް ދީން ވިއްކާ ނުލީސް ކަމަށެވެ.

“ޝަހީމްމެން އިމްރާންމެން އިސްލާމްދީނޭ ކިޔާނަމަ، އިސްލާމްދީން ނުވިއްކާނެ އިނގޭތޯ. އަޅުގަނޑަށް ހަމަ ޔަޤީންކޮށް އެބަ އެނގޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އެއްބަސްވީ 20 މިލިއަން ރުފިޔާ އަށް ކަން.”ޝެއިހް ހުސެއިން ރަޝީދު ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި މި ޖަލްސާ ގައި އެމްޑީޕީއާ ދެކޮޅު ފަރާތްތަކުން އެޕާޓީއަކީ “ލާދީނީ” ޕާޓީއެއް ކަމަށް ވިދާޅުވާ ކަންތައްތަކަށް ހުސެއިން ރަޝީދު ވަނީ ރައްދު ދެއްވާފައެވެ. އަދި  އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ކޮށްފައިވާ  ދީނާ ހިލާފު ކަންތައްތަކުން މިސާލު ނަންގަވާ އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355