twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީގައި އީދު ކުޅިވަރުތައް ފެށިއްޖެ

Oct 15, 2013

1434 ވަނަ އަހަރުގެ އީދު ކުޅިވަރުތައް ކުޅުދުއްފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އީދު ކުޅިވަރުތަކުގެ ތެރެއިން މިއަދު ވަނީ މަލަކާ ގުރޫޕްގެ ދަފިނެގުމުގެ ހަރަކާތްތަކެއް ރަށުގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންގޮސްފައިވާ އިރު މިއަހަރު މުޅިން އާ ކުޅިވަރެއް ގޮތުގައި “ބަންދު ދުއްވުން”  ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އަދި މިކުޅިވަރު ވަނީ މިއަދު ހަވީރު ކުޅުދުއްފުށީގެ އަމީނީމަގު ގައި ކުޅެފަ އެވެ. މީގެ އިތުރުން މިޝްގާލް ބޮޑުބެރު ގުރޫޕުގެ ޖޫނިއަރ ޓީމް ވަނީ ޖަލާލުއްދީން ސްކޫލުގެ ކުރިމަތީގައި ބޮޑުބެރު ޖެހުމުގެ ހުނަރުތައް ދައްކާލާފައެވެ.

މިރޭ އެނިމޭޝަން ބޭންޑުގެ މިއުޒިކް ޝޯއެއް ކުޅުދުއްފުށީ ޕީޕީއެމް ހޮޅުއައްޓާއި ދިމާ ހިއްކިސަރަހައްދުގައި ކުރިއަށް ދާނެކަމަށް  އެ ސްޓޭޖް ޝޯ އިންތިޒާމު ކުރާ ކުޅުދުއްފުށީ ޕީޕީއެމް އިން މައުލޫމާތުދެ އެވެ. އަދި މާދަމާ ހަވީރު ފިރިހެނުންގެ ދަފިނެގުން “ސިޑްނީ” ގެ ކައިރީގައި އޮންނާނެ އެވެ.

ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރުތައް ކަމުގައިވާ ދަމުހިނގުމާއި މަށިމާލި ޕެރޭޑް މިއަހަރު ނުބާއްވަން ވަނީ ނިންމާފަ އެވެ. އަދި ހިއްޗަށް ވަޑައިގަތުންވެސް އޮންނާނެ ކަމުގެ ޔަގީންކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

[yass cats=46]

އިތުރު ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355