twitterviber whatsapp telegramfacebookyoutube instagram
27th September 2026

ފާހާނާ ތައްޓަށް ވެއްޓުނު ކައިވެނީގެ އަނގޮޓި ނަގަން އުޅެނިކޮށް މީހެއްގެ އަތް ތާށިވެއްޖެ

Oct 18, 2013

ފާހާނާ ތައްޓަށް ވެއްޓުނު ކައިވެނީގެ އަނގޮޓި ނަގަން އުޅެނިކޮށް މީހެއްގެ އަތް ތާށިވެއްޖެ އެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި މީހެއްގެ ކައިވެނީގެ އަނގޮޓި ފާހާނާއަށް ވެއްޓި ހޮޅިން ދާންފެށުމުން އެއަނގޮޓި ނެގުމުގެ ތެރޭގައި އޭނާގެ އަތް ތާށިވެފައިވަނީ ފާހާނާ ތަށީގެ ހޮޅީގަ އެވެ. ޒޭންނަމަކަށް ކިޔާ މި މީހާގެ އަތް މި ހޮޅީގައި ތާށިވުމުން އެކަނި އެކަމުން ސަލާމަތް ނުވެވިގެން އެހެން މީހުންގެ އެހީއަށްއެދި ވަނީ ގޮވާފައެވެ.

އެހީއަށް އެދި ގޮވާއަޑަށް އެސަރަހައްދުގައި ތިބި މީހުން އައިސް ސައިބޯނި ފެން ބޭނުންކޮށްގެން ޒޭންގެ އަތް ނެރެވޭތޯ ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މިގޮތަށް މަސައްކަތްކޮށްގެން އޭނާގެ އަތް ސަލާމަތްކުރެވޭގޮތް ނުވުމުން ދެން އޭނާގެ ރަހުމަތްތެރިން ފަޔަރ ފައިޓަރުންގެ އެހީ ވަނީ ހޯދާފައެވެ.

ފަޔަރފައިޓަރުން ފާހާނާއަށް އައިސް މުށިގަނޑު ކަނޑާލާ ހޮޅި ވަކިކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ވެއްޓުނު ކައިވެނީގެ އަނގޮޓި ސަލާމަތްކުރެވުނުކަން ނުވަތަ ނޫންކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

މީގެކުރިން ހަމަ މިމަހުގެ ތެރޭގައި ޗައިނާގައި 3 އަހަރުގެ ފިރިހެން ކުއްޖެއްގެ ފައިވެސް ވަނީ މިގޮތަށް ތާށިވެފައެވެ. އެހެން ނަމަވެސް އެފަހަރުވެސް އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ވެފައެއް ނުވެއެވެ. — ޑެއިލީ މެއިލް

[yass cats=47]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293