twitterviber whatsapp telegramfacebookyoutube instagram
3rd September 2025

ސައިކަލަކުން ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

Oct 18, 2013

ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި މީހެއްގެ ބޯފަޅައިގެން ގޮސްފި އެވެ.

ކުޅުދުއްފުށީ އަމީނީމަގުގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލުން ވެއްޓި ބޯ ފަޅައިގެން ގޮސްފައިވަނީ ކުޅުދުއްފުށީ މަލްމަލްގެ، މުޙައްމަދު އާދަމް، 25 އެވެ.

އަމީނީމަގުން ދެކުނަށް މުޙައްމަދު އާދަމް ދުއްވާފައި ދިޔަ ސައިކަލް ވެއްޓިފައި ވަނީ އެއްވެސް ތަނެއްގައި ޖެހިގެން ނޫން ކަމަށާއި ސައިކަލުގައި އިނީވެސް އޭނާ އެކަނިކަމަށް މަންޒަރު ދުއް ފަރާތްތަކުން މައުލޫމާތު ދިނެވެ.

މުޙައްމަދު އާދަމް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. މި އެކްސިޑެންޓްގައި އޭނާގެ ނިއްކުރި ފެޅިފައި ވާއިރު، ތުންފަތާއި ނޭފަތްކައިރި ވެސް ވަނީ ހަލާކުވެފަ އެވެ. އެކްސިޑެންޓް ވި ސަރަހައްދުގައި ލޭ ފައިބާފައި ހުއްޓެވެ.

މި ހާދިސާ ހިނގަން ދިމާވީ ކިހިނެތް ވެގެންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355