twitterviber whatsapp telegramfacebookyoutube instagram
12th August 2026

ސުކައި ޖަމިއްޔާގެ ހިންގާކޮމިޓީ އާދައުރަކަށް އިންތިހާބުކޮށްފި

Oct 25, 2013

ކުޅުދުއްފުށީގެ ޖަމިއްޔާއެއް ކަމުގައިވާ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ސުކައި) ޖަމިއްޔާގެ ހިންގާ ކޮމިޓީ އާދައުރަކަށް އިންތިހާބު ކޮށްފިއެވެ.

މިދިޔަ އަންގާރަދުވަހުގެ ރޭ ބޭއްވުނު އިންތިހާބުގެ ވޯޓުލުމުގައި އެޖަމިއްޔާގެ މެންބަރުން ބައިވެރިވެ ވަނީ ވޯޓުލައިފަ އެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލި އެޖަމިއްޔާގެ މެންބަރުންގެ ތެރެއިން ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވަނީ ކުޅުދުއްފުށީ ނިއުޕޯޓް  މުޙައްމަދު ޙަސަން އެވެ. އަދި ނައިބު ރައީސަކަށް އިންތިހާބު ކުރެވިފައިވަނީ ކުޅުދުއްފުށީ ރޭއަލިވާގޭ  އަބޫބަކުރު މޫސާއެވެ.

ޖަމިއްޔާގެ ހަޒާންދާރުގެ މަގާމަށް ރޯޝަންހާރު، އިބްރާހިމް ހަސަން އިންތިޚާބު ކުރެވިފައިވާއިރު ސެކެޓްރީއަކަށް ހޮވިފައިވަނީ ރަތުރަންގެ އާދަމް އިލްހާމް އިސްމާޢީލެވެ. ޖަމިއްޔާގެ ނައިބް ސެކެޓްރީ އަކަށް ޔެލޯސީ ހަސަން އަހުމަދު ހޮވިފައިވާއިރު އިތުރު މެމްބަރުންގެ ގޮތުގައި 5 މެމްބަރަކު ވަނީ ހޮވާފައެވެ. އެއީ ނިއުޕޯޓް  އަޙުމަދު ފާއިޒް ޙަސަންއާއި، ރަތުރަންގެ ޢަލީ އިސްމާޢީލް އާއި ހަމަ އެގޭ އަޙުމަދު އިސްމާޢީލް އެވެ. އަދި މީގެ އިތުރުން ބޮޑުރުއްދޮށުގެ  އިސްމާޢީލް އަހުސަން އާއި ހަމައެގޭ އަސްލަމް މުޙައްމަދެވެ.

ސުކައި ޖަމިއްޔާއަކީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 13 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީ ކޮށް، ކުޅުދުއްފުށީގެ ތަރައްޤީއަށް އަމިއްލަގޮތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355