twitterviber whatsapp telegramfacebookyoutube instagram
12th August 2026

ނޮޅިވަރަމް ޕްރީ ސްކޫލު ޕޮލިސް ސްޓޭޝަނަކަށް ބަދަލުކޮށް ބާ މިސްކިތް ޕްރީސްކޫލަކަށް ހަދަނީ

Oct 26, 2013

ހދ ނޮޅިވަރަމް ޕްރީ ސްކޫލު ޕޮލިސް ސްޓޭޝަނަކަށް ބަދަލުކޮށް ބާ މިސްކިތް  ޕްރީސްކޫލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ހާމަކޮށްފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ ރައީސް ޝަފީއު މުހައްމަދު ވިދާޅުވީ ނޮޅިވަރަމްގައި މިހާރު ޕްރީީ ސްކޫލެއްގެ ގޮތުން ބޭނުންކުރާ ބިމުގެ ބަދަލުގައި ކުރީގެ މަސްޖިދުއް ޞުހާރު މިސްކިތުގައި ޕާޓިޝަން ޖަހައި އެތަން ޕްރީ ސްކޫލަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދީފައިވާ ނަމޫނާ އާއި އެއްގޮތަށް ޕޮލިސް ސްޓޭޝަނުގެ ކަންތައް ކުރާނެ ފަރާތެއް ހޯދާ ކުރިއަށް އޮތް 3 ހަފްތާގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

ނޮޅިވަރަމްގެ ތަރައްގީއަށް ކުރެވޭ މަސައްކަތް ތަކުގެ ތެރެއިން މިއަދުވެސް ބަނދަރުގައި ލައިޓު ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެރަށުގައި ޤާއިމް ކުރުމަށް ހަމަަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސިސްޓަމް ގެ މަސައްކަތް ކުރާނެ ބަޔަކު 3 ފަހަރު އިއުލާނުކޮށްގެން ލިބިފައިނުވާ ކަމަށްވެސް ޝަފީއުވިދާޅުވި އެވެ. ޝަފީއު އިތުރަށް ވިދާޅުވީ ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ލަސްވަނީ ކައުންސިލް މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި ގޮތެއް ނިންމުމުގައި މައްސަލަތަކެއްކުރިމަތިވެފައިވާތީކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355