twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހަނިމާދޫ ޑަންޑެހެލު މަގުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ: އެމްއާރުޑީސީ

Oct 28, 2013

ހދ ހަނިމާދޫ ޑަންޑެހެލު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހު 15 ގެ ފަހުން ފެށޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން (އެމްއާރުޑީސީ) އިން ހާމަކޮށްފި އެވެ.

ކުޅުދުއްފުށި އޮންލައިންއާ ވާހަކަ ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ނަޒީމް ވިދާޅުވީ ހަނިމާދޫ ޑަންޑެހެލު މަގުގެ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިފެށޭ ނޮވެމްބަރު މަހުގެ 15 ގެ ފަހުން ފަށައިގަނެވޭނެ ކަމަށެވެ.

ނަޒީމް ވިދާޅުވީ މަގުގެ މަސައްކަތް މަޑު ޖައްސާލީ އީދު ބަންދާ ދިމާވުމުން ކަމަށާއި ނޮވެމްބަރު މަހުގެ 15 ގެ ފަހުން މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ޑަންޑެހެލުމަގުގެ އިތުރުން ހަނިމާދޫގެ އިތުރު ބާރަ މަގެއްގައި ތާރު އަޅާ ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަނިމާދޫ ޑަންޑެހެލު މަގުގެ ތާރުއަޅާ، ރަގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު ފައްޓަވާ ދެއްވީ މިއަހަރުގެ ސެޕްޓެމްބަރގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ.

1.3 ކިލޯމީޓަރ ހުންނަ، އެ މަގަކީ ހަނިމާދޫ އެއަރޕޯޓާ ރަށުގެ މީހުން ދިރިއުޅޭ ބަޔާ ދެމެދު އޮންނަ ދިގު މަގެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355