twitterviber whatsapp telegramfacebookyoutube instagram
13th February 2026

ގައުމީ އެއާލައިނުން ސީޕްލޭންގެ ހިދުމަތް ފަށަނީ

Oct 28, 2013

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު “ހަވީރު” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކުން ސީޕްލޭންގެ ހިދުމަތް ފެށުމަކީ މޯލްޑިވިއަންއަށް ވަރަށް ފައިދާ ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށާއި މި ވިޔަފާރި ޓޫރިޒަމާ ގުޅުން ހުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމަށެވެ.

ހަވީރަށް މައުލޫމާތު ދެއްވަމުން ނަޝާތު ވިދާޅުވެފައިވަނީ ސީޕްލޭންގެ ހިދުމަތް ދޭން އެ އެއާލައިނުން ފަށާނީ ހަފްތާއަކު ފަސް ދަތުރު ނޫނީ އަށް ދަތުރު ކުރެވޭނެ ކެޕޭސިޓީގައި ކަމަށާއި އަދި އެކަމަށް ނިންމަންޖެހޭ އިދާރީ ކަންކަމާއި މާލީ ކަންތައްތައް ވެސް މިހާރު ހަމަޖައްސަމުން ދާއިރު މާލަސްތަކެއް ނުވެ މި ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ހިދުމަތް ވެސް ފުރަތަމަ އަމާޒު ކުރާނީ ފަތުރުވެރިކަމުގެ ޒޯންތަކަށް އިސްކަންދީގެން ކަމަށާއި މިގޮތުން ފުރަތަމަ ފަށައިގަންނައިރު  ބ. އަތޮޅާއި އަރިއަތޮޅު ހިމެނޭ ގޮތަށް ދަތުރުތައް ފެށުމަށް ވިސްނަމުންދާ ކަމަށްވެސް ނަޝާތު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތް ހަމައެކަނި ދެމުން އަންނަނީ ކުރީގެ ޓްރާންސް މޯލްޑިވިއަން އާއި އެއަރ ޓެކްސީއާ އެއްކޮށްލައިގެން އުފައްދާފައިވާ ކުންފުނިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355