އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު ކުރިމަތީގައި ސެޕްޓެމްބަރ 25 ވަނަ ދުވަހު ނަގާފައިހުރި ހުދުކުލައިގެ ބޮޑު ޖަންޖިޔަލެއް ފުލުހުން ނަގަން އުޅުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ކުޅުދުއްފުށީ މީހަކާއި އިތުރު 14 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕުރޮކިއުޓާ ޖެނެރެލް އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ގައިގާ ތަޅާ މަރާމާރީ ހިގުމަށްފަހު ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ޕީޖީ އަށް ފުލުހުން ފޮނުވި މީހުންނަކީ ހދ.ކުޅުދުއްފުށީ، ޝޭޑީކެބިން މޫސާ ޙުސެއިނާއިި އެވެ.އެއީ ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އއ. ރަސްދޫ، ހެޕީނައިޓް، ޢަބްދުލްޙަންނާނު މޫސާ (34އ) އާއި އއ. ރަސްދޫ،ޑީޑީނައިޓް އަޙްމަދު ކަމާލް (29އ) އާއި އއ. ރަސްދޫ، ސޯސަންވިލާ ޝާނިޒު އަޙްމަދު (37އ) އާއި އއ. ރަސްދޫ، ބިލަމަގުގަސްދޮށުގެ ޙަސަން މޫސާ (44އ) އާއި އއ. ރަސްދޫ، ސީހޯސް އަޙްމަދު ރިޝާން (23އ) އާއި އއ. ރަސްދޫ، ގަލަދުންގެ އިބްރާހިމް ނިޝާމް (20އ) އާއި އއ. ރަސްދޫ، ޢަންބަރީގެ އަޙްމަދު ޒަމީން (24އ) އާއި އއ. ރަސްދޫ، ދިލްކްޝާގެ އިކްރާމް ޚާލިދު (30އ) އާއި އއ. ރަސްދޫ، ޢަބްހަރީގެ އަޙްސަން ޙުސައިން (19އ) އާއި އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފު ރަޝީދު (33އ) އާއި އއ. ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤް (33އ) އާއި އއ. ރަސްދޫ މޯނިންގވިލާ ޢަލީ ރާފިޢު (19އ) ގެ އިތުރުން އއ. ރަސްދޫ، ގާޑެނިޔާ މުޙައްމަދު ސުޒައިން (22އ) އާއި އއ. ރަސްދޫ، މޯނިންގހެޕީ އަޙްމަދު ރާފިޢު (27އ) .
މިމީހުންގެ ތެރެއިން އއ. ރަސްދޫ، ހެޕީނައިޓް، ޢަބްދުލްޙަންނާނު މޫސާ (34އ) އާއި އއ. ރަސްދޫ، ސޯސަންވިލާ ޝާނިޒު އަޙްމަދު (37އ) އާއި އއ. ރަސްދޫ، ބިލަމަގުގަސްދޮށުގެ ޙަސަން މޫސާ (44އ) އާއި އއ. ރަސްދޫ، ސީހޯސް އަޙްމަދު ރިޝާން (23އ) އާއި އއ. ރަސްދޫ، ގަލަދުންގެ އިބްރާހިމް ނިޝާމް (20އ) އާއި އއ. ރަސްދޫ، ޢަންބަރީގެ އަޙްމަދު ޒަމީން (24އ) އާއި އއ. ރަސްދޫ، ދިލްކްޝާގެ އިކްރާމް ޚާލިދު (30އ) އާއި އއ. ރަސްދޫ، ޢަބްހަރީގެ އަޙްސަން ޙުސައިން (19އ) އާއި އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފު ރަޝީދު (33އ) އާއި އއ. ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤް (33އ) އާއި އއ. ރަސްދޫ މޯނިންގވިލާ ޢަލީ ރާފިޢު (19އ) ގެ އިތުރުން އއ. ރަަސްދޫ، ގާޑެނިޔާ މުޙައްމަދު ސުޒައިން (22އ) އާއި އއ. ރަސްދޫ، މޯނިންގހެޕީ އަޙްމަދު ރާފިޢު (27އ) ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުން މިމީހުންނަށް ޝަރުތުކޮށްފައިވަނީ އެއްވެސް ބާވަތެއްގެ ކުށެއް ނުކުރުމަށާއި ބަންދުން ދޫކުރެވޭތާ 02 ދުވަސް ތެރޭގައި އަނބުރާ ރަސްދޫއަށް ދިއުމަށާއި ރަސްމީ ކޮންމެ ދުވަހަކު ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެސޮއިކުރުމަށެވެ. އަދި ޝަރުތުކޮށް ދޫކޮށްލި މީހުންނަށް ކޮށްފައިވާ ޝަރުތުތަކުގެ މުއްދަތަކީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށެވެ.