twitterviber whatsapp telegramfacebookyoutube instagram
27th September 2026

16 އަހަރުގެ ކުއްޖަކަށް ރާ ބޯންދީ ރޭޕުކޮށްލައިފި

Nov 12, 2013

މުމްބާއީގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ރާ ބޯންދީ ރޭޕުކޮށްލައިފި އެވެ.

މުމްބާއީގެ ދިންދޯޝީ ޕޮލިސް ސްޓޭޝަނުން ހިންދުސްތާން ޓައިމްސްއަށް ހާދިސާ ކިޔައިދެމުން ބުނީ، ހަތަރު ފިރިހެނުން ވެގެން މި އަންހެން ކުއްޖާއަށް ރާ ބޯންދީ ރޭޕް ކޮށްލާފައިވާއިރު މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ރޭޕް ކުރުމުގައި ޝާމިލްވި ހަތަރު މީހުންނަކީ ވެސް އެއަންހެން ކުއްޖާގެ ރައްޓެހިންތަކެކެވެ.

“މިމީހުންނަކީ އެކުއަޖާގެ އަވަށްޓެރިން. އަހަރެމެން މިދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން. އެރޭ މިމީހުން އެކުއްޖާއަށް ގުޅާ ދިވާލީ ފާހަގަ ކުރުމަށް ގެނައީ. އަދި އޭނާއަށް ރާ ބޯން ދިނުމަށްފަހު ރޭޕް ކުރީ.” ދިންދޯޝީ ޕޮލިސް ސްޓޭޝަނުގެ އިންސްޕެކްޓަރު ހިންދުސްތާން ޓައިމްސް އަށް ބުންޏެވެ.

މި އެންމެންގެ އުމުރުވެސް ވިހިން މަތީގައި އުޅޭއިރު މި އެންމެންނަކީވެސް ކުށުގެ ރިކޯޑް އޮންނަ ބައެއް ކަމަށް ފުލހުން ހާމަކޮށްފައި ވެއެވެ.

މިހާދިސާގައި ހިމެނޭ އަންހެން ކުއްޖާގެ ބައްޕަ މީގެ ދެ އަހަރު ކުރިން ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ބޭބެއާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293