twitterviber whatsapp telegramfacebookyoutube instagram
24th October 2025

ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި، މީހަކު ހައްޔަރު ކޮށްފި

Nov 4, 2013

ހއ. އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި، މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ.

އެރިސޯޓުން 9540 ރުފިޔާ ވަގަށް ނަގައިގެން ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވަނީ އިއްޔެ މެންދުރުފަހު 1:05 ހާއިރު އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު 2:30 ހާއިރު ހއ.އަލިދޫ ރިސޯޓުންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ބަލާ ފާސް ކުރުމުގެ ތެރޭގައި އޭނާ ގެންގުޅުނު ލޯޝަން ފުޅިއެއްގެ ތެރެއިން، ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ފައިސާތަކެއް ފެނުމާ ގުޅިގެން ނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ހއ.ވަށަފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

މި މައްސަލަ މިހާރު އަންނަނީ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355