twitterviber whatsapp telegramfacebookyoutube instagram
12th August 2026

މިސް ޔުނިވާރސްގެ މަގާމު ވެނެޒުއޭލާގެ ޓީވީ ޕްރެޒެންޓަރަކަށް ލިބިއްޖެ

Nov 10, 2013

2013 ވަނަ އަހަރުގެ މިސް ޔުނިވާރސްގެ މަގާމު ވެނެޒުއޭލާގެ ޓީވީ ޕްރެޒެންޓަރަކަށް ލިބިއްޖެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިސް ޔުނިވާސް ހޮވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިސް ޔުނިވާސް އަކަށް ހޮވިފައިވަނީ އުމުރުން 25 އަހަރުގެ ގެބްރިއެލާ އިސްލާ އެވެ. 86 ބައިވެރިންނާ ވާދަކޮށް ގެބްރިއެލާ މި މަގާމް ހޯދާފައިވާއިރު އޭނާ އަކީ މިސް ޔުނިވާސްގެ މަގާމު ހޯދި ވެނެޒުއޭލާގެ 7 ވަނަ އަންހެން ކުއްޖާ އެވެ.

ރޭގެ މިރަސްމިއްޔާތުގައި ޖެބްރިއެލާގެ ބޮލުގައި މިސް ޔުނިވާސް ތާޖު އަޅުވައިދީފައި ވަނީ 2012 ވަނަ އަހަރު މިސް ޔުނިވާރސް އަކަށް ހޮވުނު އޮލިވިއާ ކަލްޕޯ އެވެ. ރަސްމިއްޔާތު ނިމުމަށްފަހު ގެބްރިއެލާ ވަނީ މިމުބާރާތުގެ ވެރިފަރާތް ކަމުގައިވާ އެމެރިކާގެ ޑޮނާލްޑް ޓްރަމްޕް އާއެކު ނޫސްވެރިންނާ ބައްދަލު ކޮށްފަ އެވެ.މި ބައްދަލުކުރުމުގައި މިސް ޔުނިވާރސް ލިބުމުން ވަރަށް އުފާވި ކަމަށާއި އަދިވެސް ޝޮކެއްގެ ތެރޭގައި ހުރި ކަމަށް އޭނާވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ މި ރަސްމިއްޔާތު ދުނިޔޭގެ އެކިކަންކޮޅުތަކުން މިލިއަނަކަށް ވުރެއް ގިނަ މީހުންވަނީ ބަލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355