twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީގައި އެމްޑީޕީއާ ދެކޮޅު ފިކުރުތަކުގެ ފާޓީތައް “އެއްގަލަކަށް” އަރައިފި

Nov 13, 2013

ހދ ކުޅުދުއްފުށީ ގައި އެމްޑީޕީއާ ދެކޮޅު ފިކުރުތަކުގެ ޕާޓީ ތަކުން “އެއްގަލަކަށް” އަރާ މިމަހު ސޯޅާގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

އިއްޔެ ރޭ ކުޅުދުއްފުށީގައި ހުންނަ އަދާލަތު ޕާޓީގެ ޖަގަހައިގައި ޔާމީނަން ތާއީދު ކުރުމަށް ނިންމި ޖަލްސާގައި ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުންހެން ވަނީ ބައިވެރިވެފަ އެވެ. އަދި ކުޅުދުއްފުށީގައި އަދާލަތު ޕާޓީގެ އިސް މެމްބަރުން ވެސް ވަނީ މިޖަލްސާގައި ބައިވެރިވެފަ އެވެ.

އަދާލަތު ޕާޓީގެ އުތުރުގެ ކޯޑިނޭޓަރ ވިދާޅުވީ އެމްޑީޕީ އާ ދެކޮޅު ފިކުރުގެ ޕާޓީ ތަކުން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނަށް ތާއިދު ކުރަން ނިންމާފައި ކަމަށާއި ޔާމީނަން ކެމްޕެއިން ކުރުމުގެ ހަރަކާތަށް ވެސް ކުރިއަށް ގެންދާނީ ހުރިހާ ޕާޓީތަކެއްގެ އިސްބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބުދުﷲ ޔާމީނަން ކުޅުދުއްފުށިން ލިބިފައިވަނީ 1240 ވޯޓެވެ. ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓަށް ލިބިފައި ވަނީ 1151 ވޯޓެވެ. އަދި އެންމެ ކުރި ހޯއްދެވި މުޙައްމަދު ނަޝީދަށް ލިބިފައިވަނީ 1746 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355