twitterviber whatsapp telegramfacebookyoutube instagram
8th July 2025

ޔާމީން ރައީސްކަމަށް އިންތިހާބު ވެވަޑައިގަތުމުގެ އުފަލުގައި ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

Nov 17, 2013

ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު  ކާމިޔާބު ކުރައްވާ، ރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތުމުގެ އުފަލުގައި މިއަދު ކުޅުދުއްފުށީގައި ވެހިކަލު ބުރެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މި ވެހިކަލު ބުރު އިންތިޒާމް ކޮށްފައިވަނީ ކުޅުދުއްފުށީގެ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ކޯލިޝަނުން ނެވެ.

މި ވެހިކަލު ބުރުގައި ހަތަރު ފުރޮޅި ލީ 26 ވެހިކަލާއި 70 އެއްހާ ސައިކަލު އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ރައީސް އަބުދުﷲ ޔާމީން ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަންނަނީ އުފާފާޅު ކުރުމުގެ ހަރަކާތް ތައް ބާއްވަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355