twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތައުލީމީ ދާއިރާއަށް ވަރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި ހަފީޒާ އަވަހާރަވެއްޖެ

Nov 19, 2013

ކުޅުދުއްފުށީގައި ތައުލީމީ ދާއިރާއަށް ވަރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި ހަފީޒާ އަބްދުއްރަހުމާން މިއަދު އަވަހާރަވެއްޖެ އެވެ.

ހދ ކުޅުދުއްފުށީ ރަބީއު ހަފީޒާ އަބްދުއްރަހްމާން (ހަފީ މިސް) އަވަހާރަވެފައި ވަނީ މިއަދު ސްރީލަންކާގައި “ނިއުޓްރޮފީނިއާ” ކިޔާ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ހަފީޒާގެ ދަރިއަކު ވަނީ ޑޮކްޓަރުންނާ ހަވާލާދީ މިނޫހަށް މައުލޫމާތު ދީފަ އެވެ.

އުމުރުން 46 އަހަރުގެ ހަފީޒާ އަވަހާރަވި އިރު ހުންނެވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ. 1988 އިން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ހަފީޒާ އެންމެ ފުރަތަމަ އަދާކުރެއްވީ ޕްރައިމަރީ ޓީޗަރެއްގެ މަގާމެވެ. އޭގެ ފަހުން އެސިސްޓެންޓް ސްޕަވައިޒަރު ކަމާއި، ސްޕަވައިޒަރު ކަމުގެ މަގާމާއި އެސިސްޓެންޓް ހެޑްމިސްޓްރެސްގެ މަގާމު ވަނީ އަދާ ކުރައްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފީޒާ އަށް އާލާސްކަންފުޅެއް ޖެހުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ފުރަތަމަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އެއީ ކޮން ބައްޔެއްކަން ނޭނގި އައިސީޔޫގައި 5 ދުވަސް ވަނީ އެނދުމަތި ކުރެވުނެވެ. އަދި މާލޭގައި 2 ދުވަހު މަޑުކުރުމަށްފަހު ހޮނިހިރު ދުވަހު ލަންކާއަށް ގެންގޮސްފައިވަނީ ހާލު ދެރަވުމުގެ ސަބަބުން ކަމަށް އާއިލާއިން މައުލޫމާތުދެ އެވެ. އަދި ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ހަފީޒާ އަށް ވަނީ ފަރުވާދީފަ އެވެ.

ހަފީޒާ އަވަހާރަވިއިރު ފިރިކަލަކާއި 4 ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ދުނިޔޭގައި އެބަތިއްބެވި އެވެ. ހަފީޒާ އަވަހާރަވިއިރު މައިންބަފައިން ވެސް ދުނިޔޭގައި އެބަތިއްބެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355