twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

Nov 19, 2013

ކުޅުދުއްފުށީގައި މިއަދު ހަވީރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓު ގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުއް މީހަކު ބުނީ ދެ ސައިކަލު ވެސް އައީ އަމީނީމަގުގެ ކަނާތް ފަރާތުން، ދެކުނުން އުތުރަށް ދުއްވާފަ އެވެ. އަދި ފަހަތުން އައި ސައިކަލު ކޮންޓުރޯލު ނުކުރެވިގެން އައިސް ކުރީގަ ހުރި ސައިކަލުގެ ފަހަތުގާ ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ބުންޏެވެ. އަދި އެކްސިޑެންޓު ވުމަށް ފަހު ފަހަތުން އައި ސައިކަލު ގައި ތިބި ދެ ޒުވާނާ ވަނީ ފުލުހުން އެސަރަހައްދަށް އައުމުގެ ކުރިން ސީން ރޫޅާ ލުމަށް ފަހު ފިލާފަ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީ “ސޮޑާގެ” ކުރިމަތީ ހިނގި މި އެކްސިޑެންޓުގައި، ކުރީގައި އިން ސައިކަލު ދުއްވަން އިން ހދ ކުޅުދުއްފުށީ ޒިކުރާގެ، އަބުދުލް ވައްހާބު ހަސަން (53) ގެ ފަޔަށް އަނިޔާ ވެފާވާ ކަމަށާއި އިތުރު ބޮޑު އަނިޔާ އެއް ލިބިފައިވާ ކަމަށް އަދި ފާހަގަ ނުކުރެވޭ ކަމަށް އޭނާގެ ދަރިއަކު ވަނީ ބުނެފައެވެ. އަނިޔާވި މީހާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ .

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355