twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަފީފުއްދީން ސްކޫލުގެ ޘާނަވީ ތަޢުލީމު ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި

Nov 20, 2013

އަފީފުއްދީން ސްކޫލުގެ ޘާނަވީ ތަޢުލީމު ނިންމި ދަރިވަރުންގެ ދަސްވެނިވުން ރޭ ބާއްވައިފިއެވެ.

ރޭ އަފީފުއްދީން ސްކޫލު ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލްއެވެ. . މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކައިގާ ކިޔެވުމަކީ ނިމުނެތް ކަމެއް ކަމަށާއި ހުރިހާ ކުދިންނަކީ އެންމެ މޮޅަށް ކިޔެވޭނެ ކުދިބައެއް ނޫން ކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ދަރިވަރަކީ ކިޔެވުމުގައި ކާމިޔާބު ދަރިވަރަކަށް ނުވި ކަމުގައިވީނަމަވެސް ގަދަ އަޅާ މަސައްކަތް ކުރުމަކީ އޮތްކަމެއް ކަން ފާހަގަ ކުރައްވާ މަސައްކަތްތެރި ބަޔަކަށް ވުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި އެޗީވްމެންޓް ސެޓްފިކެޓް ހާސިލުކުރި ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭޝް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނެވެ. މި ޖަލްސާގައި ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އާއި ކޮލިފައިޑް ލީޑިންގ ޓީޗަރ އައިމިނަތު ހުސައިން ވަނީ ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

އަފީފުއްދީން ސްކޫލުގެ ގްރޭޑް 10ގައި 43 ދަރިވަރަކު ވަނީ ތައުލީމު ހާސިލްކޮށްފައެވެ. އަދި މި ހުރިހާ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ރޭގެ ރަސްމިއްޔާތުގައި ވަނީ ގްރޭޑް 10 ނިންމި ކަމުގެ ލިޔުން ހާސިލް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355