twitterviber whatsapp telegramfacebookyoutube instagram
13th February 2026

ހަފީޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

Nov 20, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަފީޒާ (ހަފީ މިސް) ގެ ހަނދާނުގައި އެ ސްކޫލުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފި އެވެ.

ހަފީ މިސް އަވަހާރަވީ “ނިއުޓްރޮފީނިއާ” ކިޔާ ބައްޔަކަށް ލަންކާގައި ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެގެ މެންދުރުގެ ވަގުތެއްގައި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި މި ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެފުރުސަތު މިއަދު ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި އަދި ދަފްތަރުގައި ސޮއި ކުރައްވަން ބޭނުންވާ ކޮންމެ ބޭފުޅަކު އެސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ސްކޫލުން އާއްމުކުރި އެންގުމެއްގައި ވެއެވެ.

ހަފީޒާ އަބުދުއްރަހްމާނަކީ ތައުލީމު ކުރިއަރުވާ ތަރައްގީ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ހީވާގި ބޭކަނބަލެކެވެ. ހަފީޒާ 25 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ހަފީޒާ އަވަހާރަވިއިރު ފިރިކަލަކާއި 4 ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ދުނިޔޭގައި އެބަތިއްބެވި އެވެ. ހަފީޒާ އަވަހާރަވިއިރު މައިންބަފައިން ވެސް ދުނިޔޭގައި އެބަތިއްބެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355