twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ނޮޅިވަރަންފަރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް “އެންވައިޑީކަޕް” އަންނަ މަހު ފަށަނީ

Nov 25, 2013

ހދ ނޮޅިވަރަމްފަރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ” އެންވައިޑީ ކަޕް-2013″ އަންނަ މަހު ފަށާނެކަމަށް އެ މުބާރާތް އިންތިޒާމް ކުރާ ޖަމިއްޔާ ނޮޅިވަރަންފަރު ޔޫތް ޑިވެލެޕްމެންޓުން ބުނެފި އެވެ.

މިނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމެންޓުގެ ކުޅިވަރު ސެކެޓްރީ އަބުދުއް ސަމަދު ބުނީ މިހާރު ކުރިއަށް ދަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި މުބާރާތް އަންނަ ޑިސެމްބަރު މަހު ފުރަތަމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި އިންސާފް ކޮށްދެއްވާނީ  އެފްއޭއެމްގެ ރެފްރީން ކަމަށް ވެސް ސަމަދު ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ދިން ނަމަވެސް މިފަހަރު ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެންވައިޑީކަޕްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މިމުބާރާތުގައި 8 ޓީމެއް މިއަހަރު ބައިވެރިވެފައިވެ އެވެ. މިމުބާރާތުގައި ގައުމީ ޓީމުގެ އެއްވަނަ ޑިވިޝަނުގެ ކުޅުންތެރިންގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުން ކުޅުންތެރިން ވެސް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ފުޓްބޯޅަ މުބާރާތުގެ އިތުރުން ބަށި މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ބަށި މުބާރާތުގައި 7 ޓީމެއް ބައިވެރިވެފައިވާ ކަމަށް އެންވައިޑީން ހާމަކުރެ އެވެ.

އެންވައިޑީ ކަޕް-2013 ކުރިއަށްދާނީ ޑިސެމްބަރު 1 އިން 12 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355