twitterviber whatsapp telegramfacebookyoutube instagram
22nd October 2025

އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށްގެންދާ ސާވޭއެއްގައި ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބުން އެހީތެރިކަން ފޯރުކޮށްދީފި

Nov 24, 2013

އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށްގެންދާ ސާވޭއެއްގައި ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބްގެ ދަރިވަރުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ސޮއިކޮށްފައިވާ “ޕާރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓް” މުއާހަދާގެ ދަށުން ތައްޔާރުކުރާ “އިންވެންޓްރީ” އަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުން އަންނައިރު، މި ސާވޭ ކުޅުދުއްފުށީގައި އިއްޔެ ކުރިއަށްގެންދެވުނު އިރު މިކަމުގައި ހަރަކާތްތެރިވެފައިވަނީ އިކޯ ކުލަބުގެ ދަރިވަރުންނެވެ.

އިއްޔެ ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސާވޭގައި ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކޮށް އީ-ވޭސްޓާ ބެހޭ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އީ-ވޭސްޓުގެ ހޮތުގައި ބެލެވޭ ބޭނުން ނުކުރާ ކަރަންޓު ސާމާނު ނައްތާލުމުގައި އުފެދޭ ވިހަތަކާ ބެހޭގޮތުން އާއްމުންގެ ހިޔާލުވަނީ ހޯދާފައެވެ. އަދި މީގެ އިތުރުން މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް، އިއްޔެ ނުނިމިވާ ގެތަކަށް ޒިޔާރަތްކޮށް ދަރިވަރުން ވަނީ މައުލޫމާތު ހޯދާފައެވެ.

ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބުގެ ދަރިވަރުންގެ ތެރެއިން 31 ދަރިވަރުން އިއްޔެ އާއި މިއަދު ވަނީ 620 ގެއަކަށް ޒިޔާރަތްކޮށް ސާވޭގެ މަސައްކަތް ފުރިހަމަ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355