twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ކައުންސިލުގެ ރައީސް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ކުރިމަތި ލައްވަނީ

Nov 25, 2013

ހދ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް ކުރިމަތި ލައްވާނެކަން ހާމަކޮށްފި އެވެ.

ހުސައިން ރަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވަން ނިންމެވީ ރަށު ތަރައްޤީއަށާއި އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތް އެންމެ ރަނގަޅަށް ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނޫގައި އިސްލާހް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި ކައުންސިލުތައް ބާރުވެރި ކޮށްގެން ނޫނީ ތަރައްޤީ ނުގެނެވޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނު ގައި ހުރި ފުށުއަރާ މާއްދާތައް އިސްލާހު ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ހުސައިން ރަޝީދު ފާހަގަ ކުރެއްވި އެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރެކެވެ. ހުސައިން އަތޮޅު ކައުންސިލުގައި މިހާރު ތަމްސީލް ކުރައްވަނީ ވެސް ހދ އަތޮޅު ވައިކަރަދޫ ދާއިރާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355