twitterviber whatsapp telegramfacebookyoutube instagram
1st June 2026

އުތުރުގެ މަސްވެރިކަން ރަގަޅުވެ، މަހުގެ އަގު ދަށަށް ހިނގައްޖެ

Nov 27, 2013

ރާއްޖޭގެ އުތުރުގައި މަސް ބާނާ މިންވަރު އިތުރުވެ، މަހުގެ އަގު ދަށަށް ހިނގައްޖެ އެވެ.

އުތުރުގެ އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީގައި ރޯމަސް ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި އުޅުނީ 30ރ. އާއި 35ރ. ދެމެދުގެ އަގުތަކެއްގައި ނަމަވެސް މި ހަފުތާގައި ރޯމަސް ކިލޯއެއްގެ އަގު ވަނީ 25ރ. އާއި 20ރ. އަށް ދަށްވެފަ އެވެ. އަދި ބައެއް ދުވަސްތަކުގައި ރޯމަސް ކިލޯއެއްގެ އަގު 15ރ. އަށްވެސް ދަށް ވެގެން ގޮސްފައިވެ އެވެ.

ކުޅުދުއްފުއްޓަށް މަސްވިއްކާ ބައެއް މަސްވެރިން ބުނީ މަހުގެ އަގު ވެއްޓި ފައިވަނީ މިދުވަސް ކޮޅު މަސް ބަނާ މިންވަރު އިތުރުވެ، މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅު ވުމުގެ ސަބަބުން ކަމަށެވެ.

މި އަހަރު ފެށުނު އިރު ކުޅުދުއްފުށީގައި ރޯމަސް ކިލޯއެއްގެ އަގު 25ރ. އަށް ހުރިނަމަވެސް އަހަރުގެ މެދުތެރޭގައި ކުޅުދުއްފުއްޓަށް މަސް ބާނާ މިންވަރު މަދުވެ، ރޯމަސް ކިލޯއެއްގެ އަގު 40ރ. ރުފިޔާ އަށް ބޮޑުވެފައިވެ އެވެ.

ކުޅުދުއްފުށީގެ އިތުރުން ހއ ދިއްދޫގައި ވެސް މަހުގެ އަގު މިދިޔަ ހަފުތާގައި ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ދިއްދޫގައި ވެސް ރޯސް މަސް ކިލޯއެއްގެ އަގު ވަނީ 20ރ. އަށް ވެއްޓިފައެވެ. އަދި ހަނިމާދޫގައި ވެސް މިހާރު މަހުގެ އަގު އުޅެނީ ކިލޯއެއް 20ރ. އަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަން ރަނގަޅުވެފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރަށްވެސް މިހާރު ވަނީ އައިސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355