twitterviber whatsapp telegramfacebookyoutube instagram
4th September 2025

ފާސްޓް އެންޑް ފިއުރިއަސްގެ ތަރި ޕޯލް ވޯކާ މަރުވެއްޖެ

Dec 1, 2013

“ފާސްޓް އެންޑް ފިއުރިއަސް” ގެ ތަރި ޕޯލް ވޯކާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

އުމުރުން 40 އަހަރުގެ ޕޯލް މަރުވެފައިވަނީ ޗެރިޓީ އިވެންޓަކަށް ދިޔަ މަގުމަތީގައި އޭނާގެ ރަހުމަތްތެރިޔަކާއެކު އިން ކާރު އެކްސިޑެންޓް ވުމުންނެވެ. ކާރުއެސިޑެންޓްވެ ކާރުގައި އަލިފާން ވަނީ ރޯވެފަ އެވެ. އަދި ކުޑަހިނދުކޮޅެއްގެ ތެރޭގައި ކާރު ވަނީ ގޮވާފަ އެވެ.

ފިލިޕީންސްއަށް ކުރިމަތިވި ތޫފާންގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދަން ހަމަޖެހިފައި އޮތް އިވެންޓަށް ދިޔަ މަގުމަތީގައި ޕޯލް ދަތުރުކުރަމުންދިޔަ ކާރު ކްރޭޝްވެފައިވަނީ ކޮންޓްރޯލް ގެއްލުމުގެ ސަބަބުންނެވެ.

ޕޯލް ވަރކާ ފާސްޓް އެންޑް ފިއުރިއަސްގެ ގިނަ ފިލްމުތަކެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ. އަދި މި އަންނަ އަހަރު އެޅުވުމަށް ހަމަޖެހިފައިވާ ފާސްޓް އެންޑް ފިއުރިއަސް ގެ 7 ވަނަ ބައިގައި ވެސް އޭނާ ހަރަކާތްތެރި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355