twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުލޫމުލް ޤުރުއާން ކުލާހުގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

Dec 2, 2013

އުލޫމުލް ޤުރުއާން ކުލާހުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

އިއްޔެ ޖަލާލުއްދީން ސްކޫލު ހޯލުގައި އޮތް ނަތީޖާ ފާޅުކުރުމުގެ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޫރުލް ޤުރުއާން ކުލާހުގެ މަސްއޫލުވެރިޔާ ޘުރައްޔާ އިސްމާއީލެވެ.

އުލޫމުލް ޤުރުއާން މުބާރާތުގެ 1 ވަނަ ދެ ދަރިވަރަކު ވަނީ ހޯދާފައެވެ. އެއީ އަހުމަދު ބިން ހަމްޒާ، މަހުމާގެ އާއި އާއިޝަތު ޝާލިޔާ، ނަރުގިސްވިލާއެވެ. މި މުބާރާތުގެ 2 ވަނަ ތިން ދަރިވަރަކު ވަނީ ހޮވިފައެވެ. އެއީ ކުރިގަމުގެ، ފާތިމަތު ޝެނިން އާއި އަލަކަ، ހުޝާމް ހަސަން އާއި ފިނިވާގެ، މުހައްމަދު ހާޝިއު އެވެ. މުބާރާތުގެ 3 ވަނަ ލިބިފައިވަނީ ޕެނަމާ، އާއިޝަތު ނަދާ އަށާއި ބޯގަންވިލާ، އައިމިނަތު ޝާނީ އަށެވެ.

އިއްޔެގެ މި ރަސްމިއްޔާތުގައި ވަކިވަކި އުމުރުފުރާތަކުން ވަނަވަނައަށްދިޔަ ދަރިވަރުންނަށްވެސް ވަނީ ތައްޓާއި އިނާމު އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުގައި އެ ޤުރުއާން ކުލާހުގެ 136 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތަށް އިންސާފުކޮށްދެއްވާފައިވަނީ ޤުރުއާން ކިޔަވައިދެއްވާ ފަރާތްތައް ކަމަށްވާ ސަމިއްޔާ މުހައްމަދާއި ޝިޔާމާ އިބްރާހިމްގެ އިތުރުން ޘުރައްޔާ އިސްމާއީލެވެ.

މި މުބާރާތް ބޭއްވުމުގައި ބެލެނިވެރިންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި ބައެއް އިނާމު އެފަރާތްތަކުން ހުށަހެޅިކަމަށް އުލޫމުލް ޤުރުއާން ކުލާހުގެ މަސްއޫލުވެރިޔާ އަކުބަރީ މުހައްމަދު ވިދާޅުވި އެވެ.

މި އަހަރު މި ޤުރުއާން ކުލާހުގައި 350 ދަރިވަރަކު ކިޔަވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355