twitterviber whatsapp telegramfacebookyoutube instagram
4th September 2025

އޯޓިޒަމް ރިސާޗުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފި

Dec 2, 2013

އޯޓިޒަމަށް ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ކުރަން ހަމަޖެހިފައިވާ ރިސާޗުގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

އިއްޔެ ހެނދުނު ކުރިއަށްދިޔަ މި ސެޝަނުގައި އޯޓިޒަމާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން، ރިސާޗުގައި މައުލޫމާތު ހޯދުމަށް މުޖުތަމައަށް ނުކުމެ އުޅޭއިރު މީހުންނާ މުއާމަލާތުކޮށް ހަދާނެ ގޮތާ ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި މައުލޫމާތުތައް ރިސާޗުގެ ވޮލަންޓިއަރުންނަށް ހިއްސާ ކޮށްފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ “ސެން” ކުލާހުގައި ކިޔަވައި ދެއްވާ ފާތިމަތު މުހައްމަދެވެ.

މީގެ ކުރިން ވިލާ ކޮލެޖުގެ ޑިރެކްޓަރ، ރިސާރޗް އެންޑް އިނުވޭޝަންސް ޑރ. އަލީ ފަވާޒު ވަނީ ރިސާޗުގައި ބޭނުންކުރެވިދާނެ ސުވާލުތައް ބުނެދީ ޑޭޓާ ކަލެކްޓް ކުރާނެ ގޮތް ބައިވެރިންނަށް ބުނެދެއްވާފައެވެ.

މި ރިސާޗުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ހދ ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރ ވިދާޅުވީ މިއަދުގެ ސެޝަންގައި ބައިވެރިވި ކުދިންގެ އަދަދު މަދު ކަމުގައިވީނަމަވެސް ބުރާސްފަތި ދުވަހު މީގެ އެހެން ސެޝަނެއް ކުރިއަށް ގެންގޮސް ހޮނިހިރު ދުވަހު ޑޯޓުޑޯ ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އޯޓިޒަމަށް އަހުލުވެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ހަދާ ރިސާޗަކީ 2014 ވަނަ އަހަރުގެ އޯޓިޒަމް އެވެއަރނެސް ހަފްތާ ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355