twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވަތަނިއްޔާގެ 4ޖީ ނެޓްވޯކް މޯބައިލް ފޯންތަކަށް ތައާރަފްކޮށްފި

Dec 1, 2013

ވަތަނިއްޔާގެ 4ޖީ ނެޓްވޯކް މޯބައިލް ފޯނު އަދި ޑިވައިސްތަކަށް ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން “4ޖީ ޕޯސްޓްޕެއިޑް ޕްލެޓިނަމް”ގެ ނަމުގައި މިއަދު ތައާރަފް ކުރި އެ ޕެކޭޖުން ރާއްޖޭގައި ލިބޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް، 15 އެމްބީޕީއެސްގައި ލިބިގެންދާ އިރު ގިނަ ކަންތައްތަކެއް އެ ޕެކޭޖުގައި ހިމެނޭނެ ކަމަށް ވަތަނިއްޔާ އިން މައުލޫމާތުދެއެވެ.

މިގޮތުން ތައާރަފު ކުރި މި ޕެކޭޖުން ވަތަނިއްޔާ ނަންބަރުތަކަށް އަން ލިމިޓެޑް ކޯލްސް އަދި އެސްއެމްއެސްގެ ހިދުމަތް ލިބިގެންދާ އިރު 6 ޖީބީގެ ޑޭޓާ އެލެވެންސެއް  ލިބިގެންދާނެއެވެ. އަދި އެހެން ނެޓްވޯކުގެ ނަންބަރުތަކަށް 200 މިނެޓު ވަންދެން ހިލޭ ގުޅާލެވޭނެ ކަމަށާ ރޯމިން ޑިސްކައުންޓެއްގެ ގޮތުގައި 10 ޕަސެންޓުގެ ޑިސްކައުންޓަކާއި އައިޑީޑީ ކޯލްތަކުން (އިންޑިއާ، ލަންކާ، މެލޭޝިއާ ތައިލޭންޑް އަދި ސިންގަޕޫރު) 20 ޕަސެންޓް ޑިސްކައުންޓް ވެސް އެޕެކޭޖުން ލިބިގެންދާނެ ކަމަށް ވަތަނިއްޔާއިން ހާމަކުރެއެވެ.

މޯބައިލް ފޯންތަކަށް ތައާރަފް ކުރި 4ޖީ ނެޓްވޯކް، 700 އާއި 800ގެ ބޭންޑުތަކުގެ ފޯނުތަކަށް ހިދުމަތް ލިބިގެންދާއިރު އަދި އެ ކަވަރޭޖް މިވަގުތު ލިބެންހުންނާނީ ހަމައެކަނި މާލޭ ސަރަހައްދަށް ކަމަށާއި ނަމަވެސް ކައިރި މުސްތަގްބަލެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ކަވަރޭޖް ލިބިގެންދާނެ ކަމަށް ވަތަނިއްޔާއިން މައުލޫމާތު ދެއެވެ.

 “4ޖީ ޕޯސްޓްޕެއިޑް ޕްލެޓިނަމް”ގެ އަގަކީ މަހަކު 999 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355