twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވިލާ ކޮލެޖުގައި އަންނަ އަހަރު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

Dec 4, 2013

އަންނަ އަހަރު ވިލާކޮލެޖުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ގޮތުން އެކޮލެޖުން އަންނަ އަހަރު ކޯސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދާއިރާ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ހިއުމަން ރިސޯސަސް އަދި އެކައުންޓިންގ ހިމެނެއެވެ. އަދި މި ހުރިހާ ދާއިރާއަކުން ޖުމްލަ 31 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކޮލެޖުން ހާމަކުރެއެވެ.

ވިލާ ކޮލެޖުގައި އަންނަ އަހަރު މާސްޓަރސް ފެންވަރުގެ 4 ކޯހަކާއި، ޑިގްރީ ފެންވަރުގެ 10 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 6 ކޯހެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕްރޮފެޝަނަލް އެކައުންޓިން ކޯހެއް ކަމަށް ވާ އޭ.ސީ.ސީއޭ ގެ ކޯސްތަކުގައި ބަރިވެރިވުމުގެ ފުރުސަތުވެސް އިތުރުކޮށްފައިވާކަމަށް އެކޮލެޖުން ހާމަކުރެއެވެ.

މާލޭގައި ހުންނަ ވިލާގެ ކިއު.އައި ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގައި ހުޅުފައިވާ 5 ކެމްޕަހުގައި ވެސް ތަފާތު ކޯސްތައް ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާއިން ހާމަކުރެއެވެ.

ވިލާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1 ޑިސެމްބަރގެ ނިޔަލަށް ފޯމުހުށަހަޅަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް 15 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ދަރިވަރުންނަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355