twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މީރާއިން ބޭނުންކުރާ “ޓިން” ތަކަށް ބަދަލުގެނެސްފި

Dec 8, 2013

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭނުން ކުރަމުން ގެންދާ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރު (ޓިން) ތަކަށް ބަދަލު ގެނެސްފި އެވެ.

މީރާއިން ބުނިގޮތުގައި އެ ތަނުން ޓެކްސް ދައްކާ ފަރާތްތަކަށް ދޫކޮށްފައިވާ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަމްބަރު ތަކަށް ބަދަލުގެނެސްފައިވަނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

މީރާއިން “ޓިން”އަށް ބަދަލު ގެނެސްފައިވަނީ އާ ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް އެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްދޭން ފެށުމާ ގުޅިގެން ކަމަށް އެފަރާތުން ހާމަކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބަދަލު ގެނެވިފައިވާ ޓިންގެ މައުލޫމާތު ފޯރުކޮށްދިނުމަށް މީރާއިން މިހާރު މަސައްކަތް ފަށާފައިވާއިރު ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އައު ޓިންއާ އެކީ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ވެސް މީރާއިން ވަނީ ފަށާފައެވެ.

މިގޮތުން މީރާގެ މުވައްޒަފުން މާލެއާއި ކުޅުދުއްފުށި ސަރަހައްދުގައި ވިޔަފާރިކުރާ 2600 އަށްވުރެ ގިނަ ފަރާތްތަކަށް އެފަރާތްތަކުގެ އާ ޓިން ހިމެނޭ، ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި މިހާތަނަށް އެފަރާތެއްގެ އާ ޓިން ލިބިފައި ނުވާ ފަރާތްތަކުން މީރާއަށް ވަޑައިގަތުމުން ޓިން އަދި ސެޓްފިކެޓް ލިބޭނޭ އިންތިޒާމު ހަމަޖައްސާފައި ވާނޭ ކަމަށްވެސް މީރާއިން ހާމަކުރެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރަން ޖެހޭނީ މިހާރު ދޫކުރާ އާ ޓިން ކަމަށާއި އެ އޮތޯރިޓީއާއެކު ކުރެވޭ ޓެކްސްގެ ހުރިހާ މުއާމަލާތެއްގައި ވެސް ބޭނުން ކުރަން ޖެހޭނީ އާ ޓިން ކަމަށް މީރާއިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355