twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހުސްވިމަހު އާމްދަނީގެ ގޮތުގައި 495 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ލިބިފައިވޭ

Dec 10, 2013

ހުސްވި ނޮވެމްބަރު މަހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 495.8 މިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

ވޭތުވެދިޔަ ނޮވެމްބަރު މަހު އެންމެ ގިނައިން މީރާއަށް އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިން ނެވެ. މިގޮތުން ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 296.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނައަށް އެންމެ ބޮޑުއާމްދަނީއެއް ލިބިފައިވާ ޓޫރިޒަމް ޓެކުހުން 80.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މީރާއިން ހާމަކުރެއެވެ.

މީރާއަށް ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %3 އިތުރު އަދަދެއްކަމަށާއި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %22.8 އިތުރު އަދަދެއްކަމަށް ވެސް މީރާއިން ހާމަކުރެއެވެ.

ނޮވެމްބަރު މަހުގެ އާމްދަނީއާ އެކު މިހާތަނަށް މި އަހަރު 8.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި މީރާއަށް ވަނީ ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355