twitterviber whatsapp telegramfacebookyoutube instagram
8th July 2025

މެމްބަރު ޣަފޫރު އިތުރު ދައުރަކަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވަނީ!

Dec 10, 2013

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޣަފޫރު މުސާ، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހަމަ އެދާއިރާ އަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ޣަފޫރު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، މިފަހަރުވެސް ކުރިމަތި ލައްވަން ނިންމަވާފައިވަނީ މިހާރުވެސް ފުރުއްވަމުން ގެންދަވާ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށާއި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލީ ދާއިރާގެ ތަރައްޤީއަށް އެކަށީގެންވާ ވަރަށް މި ދައުރުގަ މަސައްކަތް ކުރެވުނު ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ޣަފޫރު ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި މެމްބަރު ޣަފޫރު ވާދަކުރައްވާނީވެސް އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެވެ.

މަޖިލިސް މެމްބަރުކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ މެމްބަރުން މުޅިން އެނގޭނީ އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕުރައިމަރީއަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355