twitterviber whatsapp telegramfacebookyoutube instagram
4th September 2025

ވަޒީފާނެތް މީހުންގެ ދަފްތަރުގައި ކުޅުދުއްފުށިން 270 މީހަކު ހިމަނައިފި

Dec 11, 2013

ވަޒީފާނެތް އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ދަފްތަރުގައި ކުޅުދުއްފުށިން 270 ޒުވާނުން ރަޖިސްޓްރީ ކޮށްފި އެވެ.

ވަޒީފާ ނެތް މީހުންގެ ގޮތުގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރި ދަފްތަރުގައި 270 މީހުން ރަޖިސްޓަރ ވެފައިވީ ނަމަވެސް ވަޒީފާ ނެތް ޒުވާނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ އިތުރުން ކައުންސިލްތަކުން ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓުސް އިން ހާމަކުރެއެވެ. އަދި ދަފްތަރުގައި އޮންލައިންކޮށް ރަޖިސްޓްރީވެވޭނެ ގޮތަށް ހާއްސަ ވެބްސައިޓެއް ވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ.

ދުވަހު ނޫސް “ހަވީރަ”ށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މިހާރުގެ ސަރުކާރުގެ އަމާޒަކީ ވަޒީފާ ނެތް ޒުވާނުންގެ އާބާދީ 3-4 ޕަސެންޓާ ދެމެދަށް ކުޑަ ކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355