twitterviber whatsapp telegramfacebookyoutube instagram
12th August 2026

އާމްދަނީގެ ނިސްބަތަށް ބަލާއިރު އެންމެ ފަގީރުން ގިނައީ ރާއްޖޭގެ އުތުރުގައި: ދިރާސާ

Dec 15, 2013

އާމްދަނީގެ ނިސްބަތަށް ބަލާއިރު އެންމެ ފަޤީރުން ގިނައީ ރާއްޖޭގެ އުތުރުގައި ކަމަށް ޔުނިސެފުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިސެފުން ތައްޔާރުކުރި މި ރިޕޯޓުގައި ފަގީރުންގެ މިންގަނޑު ވަޒަންކޮށްފައިވަނީ ރާއްޖޭގައި ކޮންމެ ދުވަހަކު ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް 44 ރުފިޔާއަށް ވުރެ ދަށް ވުމުންނެވެ.

މިގޮތުން އުތުރުގެ އަތޮޅުތަކުގައި 72 ޕަސެންޓް މީހުން ފަގީރުންގެ ގޮތުގައި ހިމެނޭއިރު މެދު އުތުރު ސަރަހައްދުގައި އެ އަދަދު ދެބައިކުޅަ އެއްބައި މަދެވެ. އުތުރުގެ އަތޮޅުތަކުގައި ފަގީރުންގެ ހާލަތު ބޮޑު ނަމަވެސް އުމުރުން ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް މި އަތޮޅުތަކުގައި ދަށްކަންވެސް މިރިޕޯޓުގައި ވަނި ފާހަގަކޮށްފައެވެ.

މި ރިޕޯޓުގައި ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތަށް ބަލާއިރު 61000 ކުދިން ފަގީރު ހާލުގައި އުޅޭ ކަމަށާއި ފަގީރު ކަމުގެ ސަބަބުން ކުދިންގެ ތަރައްގީއަށް ވެސް ނޭދެވޭ އަސަރުކުރާކަން ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓާއެކު ރާއްޖޭގައި ކުޑަކުދިންގެ ބައިވެރިވުން އޮތް މިންވަރާއި ލާމަރުކަޒު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ދެ ރިޕޯޓުވެސް ޔުނިސެފުން ވަނީ ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355