twitterviber whatsapp telegramfacebookyoutube instagram
13th May 2025

ބީއެމްއެލް ލައިޓަށް ފައިނޭންޝަލް އިންޑަސްޓްރީގެ ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑު ލިބިއްޖެ

Dec 18, 2013

ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް ލައިޓަށް ފައިނޭންޝިއަލް ދާއިރާގެ ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑު ލިބިއްޖެ އެވެ.

“އެކްސެލެންސް އިން ކަސްޓަމަރ އެކްސްޕީރިއަންސް” ކެޓަގަރީއިން ބީއެމްއެލްއަށް މި އެވޯޑު ދީފައިވަނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅުކުރުމަށް ދުނިޔޭގައި ހިންގޭ އެންމެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓަކަށް ބީއެމްއެލް ލައިޓު ވެގެން ދިއުމުގެ ސަބަބުންނެވެ.

މިގޮތުން އެ މިއެވޯޑް ލިބުނީ އަމިއްލަ ގޮތުން ބޭންކްގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށް ހުޅުވުނު ބްރާންޗާ އެކު ރާއްޖޭގެ ބޭންކިންގެ ހިދުމަތަށް މުޅިން އާ ކޮންސެޕްޓެއް ތައާރަފްވެ ހަފްތާއަކު ހަ ދުވަހު ބޭންކިންގެ ހިދުމަތް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލުމުންނެވެ. އަދި ކިޔޫގައި މާ ގިނަ އިރު ތިބެން ނުޖެހި ވީހާވެސް އަވަހަކަށް ބޭންކިންގެ ހިދުމަތްތައް ލިބޭނެ އިންތިޒާމް އެތަނުގައި ހަމަޖެހިފައި ހުރުމުގެ ސަބަބުންވެސް މެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ލަންޑަނުގައި އޮތް ރަސްމިއްޔާތެއްގައި މި އެވޯޑު ބީއެމްއެލްއަށް ލިބިފައިވާއިރު އެވޯޑްގެ ފައިނަލިސްޓުންގެ ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ބޭންކްތަކުގެ ތެރޭގައި ހިމެނޭ، ބާކްލޭސް ބޭންކާއި މާލީ ދާއިރާގެ އެންމެ ބިޔަ ގުރޫޕް، “ޓެބް ފައިނޭންޝަލް ސާވިސަސް ގްރޫޕް”  ވަނީ ވާދަކޮށްފައެވެ.

ބީއެމްއެލްގެ ދޯނި ބޭންކިންގ ޚިދުމަތަށް ގްލޯބަލް އެކްސެލެންސް އެވޯޑުވެސް ދާދިފަހުން ވަނީ ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355