twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

Dec 19, 2013

ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިލްކެޝަންސް ކޮމިޝަނުން ބުނީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ  ކަމަށެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ފޯމު ބަލައިގަތުން ކުރިއަށްދާނެ ކަމަށާއި އަދި ހުކުރު ދުވަސްތަކުގައި މެންދުރު ފަހު 2:30 އިން ހަވީރު 5:00 އަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށްދާނެ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.

އިލެކްޝަނުން ބުނިގޮތުގައި ރަޖިސްޓްރީ ކުރުމަށްއެދި ހުށަހަޅާ ފޯމް މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަނުން އަދި ރަށްރަށުގައި އެ ރަށެއްގެ ރަށު ކައުންސިލުން ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން އިލެކްޝަންސްގެ ވެބްސައިޓުން ވެސް ފޯމު ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355