މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިހުރި ޕެކެޓުތަކަކާއެކު ދެ މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.
ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރު ކޮށްދީފައިވެ އެވެ. ނަމަވެސް މިކަމާގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަނގާރަ ދުވަހު ހައްޔަރު ކޮށްފައިވަނީ އިބުރާހީމް ޝަހީމް އަހުމަދާއި ހަސަން ނާޒިމް ކިޔާ މީހެކެވެ. މި ދެމީހުންނަކީވެސް ކުޅުދުއްފުށީ ދެމީހުންނެވެ.