twitterviber whatsapp telegramfacebookyoutube instagram
10th April 2026

އޭޓީއެމް މެދުވެރިކޮށް ކާޑުގެ ޕިން ބަދަލުކުރުމުގެ ޚިދުމަތް ތަޢާރަފްކޮށްފި

Dec 20, 2013

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑުގެ ޕިން ބަދަލުކުރުމުގެ ޚިދުމަތް ތަޢާރަފްކޮށްފި އެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މި ޚިދުމަތް ތަޢާރަފް ކުރުމުން ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ބްރޭންޑްގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުގެ ޕިންވެސް އޭޓީއެމް މެދުވެރިކޮށް ބަދަލު ކުރެވޭނެ އެވެ. ނަމަވެސް ވިސާ ބްރޭންޑްގެ ކާޑުތަކުގެ ތެރެއިން ޕިން ބަދަލު ކުރެވޭނީ ހަމައެކަނި މި ހިނގާ ޑިސެމްބަރުން ފެށިގެން ދޫކުރާ ކާޑާއި މިމަހުން ފެށިގެން އާކުރާ ކާޑުގެ އެވެ.

ވިސާ އަދި އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން، އެހެން ފަރާތަކަށް ކާޑުގެ ޕިން ނަންބަރު ހިއްސާކޮށްފައި ވާނަމަ ކާޑު އާކުރަން ޖެހޭނެ ކަމަށް ބޭންކުން އިލްތިމާސް ކުރެއެވެ. މިގޮތުން އާކުރާ ކާޑުތަކުގެ ޕިންވެސް އޭޓީއެމް މެދުވެރިކޮށް ބަދަލު ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޚިދުމަތް ތަޢާރަފް ވުމާއެކު ބޭނުން ކޮންމެ ވަގުތަކު ކަސްޓަމަރުންނަށް ކާޑުގެ ޕިން ބަދަލު ކުރެވޭނެ އެވެ. މިގޮތުން ކާޑުގެ ޕިން ނަންބަރު ބަދަލު ކުރާއިރު، ކާޑުގެ ވެރިފަރާތުގެ މޯބައިލް ނަންބަރު، އައިޑީކާޑު ނަންބަރު ފަދަ ނަންބަރެއް އިހުތިޔާރު ނުކުރުމަށް ބޭންކުން އިލްތިމާސްކުރެ އެވެ. އަދި ކާޑުގެ ޕިން ނަންބަރު މޯބައިލް ފޯނު ނުވަތަ ވޮލެޓް ފަދަ އެއްޗެއްގައި ރައްކާ ނުކުރުމަށް ވެސް އިލްތިމާސް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355