twitterviber whatsapp telegramfacebookyoutube instagram
22nd October 2025

ކުޅުދުއްފުށީ ދޮންފަށުވިގޭގެ ބަދިގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ

Dec 22, 2013

ހދ ކުޅުދުއްފުށި ދޮންފަށުވިގޭގެ ބަދިގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ދޮންފަށުވިގޭގެ ބަދިގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ ރޭ ދަންވަރު 1 40 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިޔާގެ ސިފައިން އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރި މަސައްކަތުން އަލިފާން ގަނޑު ނިއްވާލެވިފައިވަނީ މެންދަމު 2:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިހާދިސާގައި ދޮންފަށުވިގޭގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ގޭގެ ކުޑަދޮރެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ކުޑަދޮރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އަދި ބަދިގޭގައި ބޭނުންކުރާ ސާމާނާއެކު ބަދިގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355