twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކުޅުދުއްފުށީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި

Dec 22, 2013

ކުޅުދުއްފުށީ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓަކާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީގެ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރާ ދެ ކެނޑިޑޭޓެއްގެ ކެމްޕެއިން ރަސްމީކޮށް ރޭ ފަށައިފި އެވެ.

ރޭ ލޯންޗުކުރި ބައެއް ކެނޑިޑޭޓުންނަކީ ހދ އަތޮޅު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލާފައި، އަބުދުލް ހަމީދު އިބްރާހިމާއި މުޖުތަބާ އަހުމަދެވެ. އަދި ރަށު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އިބްރާހިމް އައްބާސް އާއި އަހުމަދު އާދަމާއި ޝިއުނާ އާދަމެވެ.

ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކެނޑިޑޭޓުން ކައުންސިލަށް އިންތިހާބުވެއްޖެނަމަ ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ލަނޑުދަނޑިތަކުގެ ތެރޭގައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާއި އާންމު ހިދުމަތަތްކާއި ސިއްހީ ހިދުމަތް އަދި އުމްރާނީ ތަރައްޤީ އާއި ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ އިތުރުން ބިމާއި ގޯތި ގެދޮރާ ގުޅުންހުރި ކަންތައްތަކެއް ހިމެނެއެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެކުވެ ވަކި ޓީމެއްގެ ގޮތުގައި ކެމްޕެއިން ކުރުމަކީ އާންމުގޮތެއްގައި މީގެ ކުރީގެ އިންތިހާބުތަކުގައި ފެންނަ ކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355