twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ކުރީގެ ރައީސް އަލުން އެނބުރި ޕީޕީއެމް އަށް!

Dec 22, 2013

ކުޅުދުއްފުށީ ޕީޕީއެމްގެ އަސުރުމާ ގޮފީގެ ކުރީގެ ރައީސް މުހައްމަދު އަލީ (ބައްޑެ) އަލުން އަނެއްކާ ވެސް ޕީޕީއެމްއާ ގުޅިއްޖެ އެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް އުޅުނު ޕީޕީއެމާ އަލުން ގުޅިފައި މިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީއަށް ސޮއިކުރުމަށްފަހު އެވެ.

މުހައްމަދު އަލީ އެމްޑީޕީއާ ގުޅުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ޣަފޫރު މުސާ އާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ހާޒިރުގައި މާލޭގައެވެ.

އަލުން ޕީޕީއެމަށް ގުޅުމަށް ފަހު މުހައްމަދު ވިދާޅުވީ އޭނާގެ “އަސްލު ފިކުރަކީ” ޕީޕީއެމްގެ ފިކުރު ކަމަށާއި އެހެން ކަމަށް ވާތީ ޕީޕީއެމްއާ ގުޅުނީ ކަމަށެވެ. އަލުން ޕީޕީއެމާ ގުޅުނީ އެމްޑީޕީގެ މެމްބަރުންނާ މެދު އެއްވެސް މައްސަލައެއް ޖެހިގެންނޫން ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

“އަޅުގަނޑު އޭރު އެމްޑީޕީއާ ގުޅުނީ މިކޮޅުގައި (ކުޅުދުއްފުށީ) ޕީޕީއެމްގެ އިސްކޮށް އުޅުއްވި ބޭފުޅުން ކަންތައް ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހިގެން” މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެން އޭނާއަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ހިތްހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހުނެއެވެ. އެގޮތުން ބަޔަކު ވަނީ އެ ގޭގެ ފާރުގައި އެ ދުވަސްވަރު ހަޑިހުތުރު އެއްޗެހި ލިޔެ ހަދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355