twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުޅުދުއްފުށީގައި ވެޑިންގ ބޮކޭ ހަދަން ދަސްކޮށްދޭ ކޯހެއް ފަށަނީ

Dec 26, 2013

ރިބަނުން ވެޑިންގ ބޮކޭ ހަދަން ދަސްކޮށްދޭ ކޯހެއް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީގައި މި ކޯސް އިންތިޒާމު ކުރާ ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި މި ކޯހުގައި ކިޔަވައިދެނީ ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ގިނަ ކޯސްތަކެއް ހިންގާފައިވާ އަމިއްލަ ފަރާތަކުންނެވެ.

ކޯސް އިންތިޒާމް ކުރާ ފަރާތުންބުނީ މި ކޯހަކީ އަންހެން ބޭފުޅުންނަށް ވަރަށް ފައިދާ ކުރާނެ ކޯހެއް ކަމަށާއި އަދި ތަފާތު ވައްތަރުގެ މާ އަދި މާގަނޑު ހަދަން ދަސްވެ ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ މަގު ފަހުވެގެން ދާނެ ކަމަށެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7573455 ނަމްބަރު ފޯނަށް ގުޅުއްވާ ނަންނޯޓު ކުރެއްވުމަށް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން އެދިލައްވައެވެ.

ޖެނުއަރީ މަހު ފަށާ މި ކޯހުގައި ހުރިހާ މެޓީރިއަލްތަކެއް ފޯރުކޮށްދެނީ ކޯސް ހިންގާ ފަރާތުން ނެވެ.

ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއެއްގެ ގޮތުގައި ނަގަނީ 1500ރ. އެވެ.

މި ކޯސް ހިންގާފަރާތުން މިހާތަނަށް މިފަދަ  ކޯސްތައް މާލެ އާއި އައްޑޫގެ އިތުރުން ގދ.ތިނަދޫ، ޅ.ނައިފަރު، ޅ.ހިންނަވަރު، ޅ.ކުރެންދޫ އަދި ކ.ހުރާގައި ވަނީ ހިންގާފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com