twitterviber whatsapp telegramfacebookyoutube instagram
1st June 2026

އުރީދޫއިން އިތުރު 13 ރަށަކަށް 3ޖީ ޕްލަސް ތަޢާރަފްކޮށްފި

Dec 27, 2013

އުރީދޫ މޯލްޑިވްސް އިން އިތުރު 13 ރަށަކަށް 3ޖީ ޕްލަސް ނެޓްވޯކް ތައާރަފްކޮށްފި އެވެ.

އުރީދޫގެ 3ޖީ ޕްލަސް އަލަށް ތައާރަފް ކުރި ރަށްތަކަކީ ކ. ގާފަރު، ރ.ވާދޫ، ކ.ހުރާ، ދ،ހުޅުދެލި، ށ.ފޯކައިދޫ، މ.ދިއްގަރު، ރ.މާކުރަތު، ކ.ގުރައިދޫ، މ.މުލި، ނ.މަނަދޫ، ތ.ވޭމަންޑޫ، ތ.ގުރައިދޫ، އަދި ލ.ގަމުތުނޑި އެވެ.

ވަތަނިއްޔާ ރީބްރޭންޑް ކުރުމަށްފަހު އުރީދޫގެ ފުރަތަމަ މަސައްކަތްތަކުގެ ދަށުން، އުރީދޫ ބްރޭންޑް ތައާރަފް ކުރި ހަފްލާގައި ވަނީ 8 ރަށަކަށް 3ޖީ ޕްލަސް ތައާރަފް ކޮށްފަ އެވެ. އަދި 2013 ނިމުމުގެ ކުރިން 28 ރަށަކަށް 3ޖީ ޕްލަސް ތައާރަފް ކުރާނެކަމަށް ވަނީ ބުނެފަ އެވެ.

އުރީދޫ އިން ވައުދުވެފައި ވަނީ 2013 ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ %84 އަށް 3ޖީ ޕްލަސް ތައާރަފް ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355