twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އަލީ މުހައްމަދު

Jan 9, 2014

ނަން:  އަލީ މުޙައްމަދު

އެޑްރެސް: ދެރަހަ، ހދ ކުޅުދުއްފުށި

އުމުރު: 37 އަހަރު

ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން:

ހދ އަތޮޅު ތައުލީމީ މަރުކަޒު

މާލޭ އިންގްލިޝް ސްކޫލް

ވިޔަފާރީގެ ދާއިރާގެ ކޯސް ފުރިހަމަ ކޮށްފައި

ޓްއަރިޒަމް ދާއިރާގެ ކޯސް ފުރިހަމަކޮށްފައި

އިންޖީން ރިޕެއަރިންގ 1 އަހަރު ދުވަހުގެ ކޯހެއް ކުރީގެ ވީޓީސީގައި ފުރިހަމަކޮށްފައި

ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު:

ޓުއަރިޒަމް ދާއިރާގައި 8 އަހަރާބައި،

ފުޑް އެންޑް ބެވްރެޖް ދާއިރާގައި ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި މަސައްކަތް ކޮށްފައި

2009 ޖެނުއަރީ އިން ފެށިގެން ފެބުރުއަރީ 2012 ގެ ނިޔަލަށް އަޕަރނޯތު ޔޫޓިލިޓީގެ ބޯޑު މެމްބަރުކަންކޮށްފައި

ވިޔަފާރި ހިންގުމުގެ ދާއިރާގައި ކުޅުދުއްފުށީ ރެވިފިހާރައިގާ 11 އަހަރު މަސައްކަތް ކޮށްފައި

އިންޖިނިއަރިންގ ދާއިރާގައި 5 އަހަރު މަސައްކަތް ކޮށްފައި

މިހާރު އަދާކުރާ ވަޒީފާ: ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުކަން

މުޖުތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް:

ކައުންސިލަރުކަމުގައި މަދު 3 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވުނު، މިގޮތުން ރަށުގެ ކުނިކޮށި ސާފުކުރުމަށް އެކްސްކަވަރޭޓަރެއް ކުންފުނި މެދުވެރިކޮށް ގެނައުމަށް ކުރިމަސައްކަތުން އެކަން ކާމިޔާބުވި.

ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު: ޖުލައި 2005 ވަނަ އަހަރު އެމްޑީޕީއަށް ސޮއިކުރީ

ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟: 

ހަޤީޤަތުގައި ރަށް ތަރައްޤީ ވެގެންދާނީ ސީދާ ރަށަށް ކޮށްދެވޭ މަސައްކަތްތަކަށްވާތީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށަށް ކުރެވިދާނެ ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް ފާހަގަކުރެވޭތީ އެގޮތުން ވިޔަފާރި އުސޫލުން ރަށުގެ މާލިއްޔާ މުއްސަނދިކުރެވިގެން ގިނަ ޚިދުމަތްތަކެއް ކޮށްދެވޭނެ ކަމުގެ ޔަގީންކަމުގައި

އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:

މިއަދު މިގައުމުގައި ވަނީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރެވި ކޮންމެ ޕާޓީއަކީވެސް ޤާނޫނީ ޝަޚުސަކަށްވެފައި އެގޮތުން ޕާޓީގެ ފިކުރަކީ މިއަދު ރައްޔިތުން ބަލައިގެންފައިވާ ސިޔާސީ ފިކުރަށްވާތީ.

ކައުންސިލަށް ހޮވަންވީ ކީއްވެ؟:

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިވަގުތު ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެނޑިޑޭޓުންނަށް ބަލާއިރު ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއްކޮށް ގިނަ ޚިދުމަތްތަކެއް ކޮށްދެވިފައިވަނީ އަޅުގަނޑަށް ކަމަށްވެފައި އިޚްލާސްތެރިކަމާ އަމާނާތްތެރިކަމާ ސާބިތުކަމާއެކު ހުރިހަމައެކަނި ކެނޑިޑޭޓަކީ އަޅުގަނޑު ކަމަށްވާތީ

ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް):

މީގެ ކުރިން ރަށުކައުންސިލްއިން އާންމުންނާއި ބައްދަލުނުކުރެވި ހުރުމުން މުޅި ކައުންސިލްގެ ތަފްސީލް އެލް.ޖީ.އޭ ގައި ކަނޑައެޅިފައިވާ މުއްދަތުގައި ބާއްވަދޭނަން. އަދި ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ރައްޔިތުންނާއި ހިއްސާކުރުން.

ކުޅުދުއްފުށީގައި މުނިސިޕަލްޓީއެއް އުފެއްދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނަން.

ކުޅުދުއްފުށީގައި މަސްމާރުކޭޓެއް ޤާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށްދެން.

މިހާރަށްވުރެ ގިނައިން އާމްދަނީ ރައްޔިތުންގެ މާލިއްޔާއަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން.

އެޑިޓަރުގެ ނޯޓް

މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.

ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355