twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ސާދުނާ މުހައްމަދު

Jan 12, 2014

ފުރިހަމަ ނަން: ސާދުނާ މުހައްމަދު 

އުމުރު: 34

އެޑްރެސް: ޕެނަލް، ހދ ކުޅުދުއްފުށި

ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން:

ޕްރައިމަރީ ތައުލީމް، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި

ޖީސީއީ އޯލެވެލް، ޖަލާލުއްދީން ސްކޫލުގައި

އިންސްޓްޓިއުޓު އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމެންޓުގެ ފަރާތުން އަތޮޅު ކައުންސިލާ ރަށު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ހިންގާ ސެޓްފިކެޓް އިން މެނޭޖްމެންޓް ޑިވެލޮޕްމެންޓްގެ 11 ވަނަ ބުރުގައި ބައިވެރިވިން.

ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު: – ނެތް

މިހާރު އަދާކުރާ ވަޒީފާ: ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީގެ މެމްބަރު ކަމުގައި ހިލޭ ސާބަހަށް

މުޖްތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް:

ހިލޭ ސާބަހަށް އަންހެނުންގެ ކޮމިޓީއަށް މަސައްކަތް ކުރުން

ސްކޫލް ބޯޑާއި ސްކޫލް ޕީޓީއޭގައި ކުދިންގެ ތައުލީމާއި ރަށުގެ ކުރިއެރުމަށް އެއްބާރުލުންދީ މަސައްކަތް ކުރަން.

އެމްޑީޕީން ބާއްވާ ކޮންމެ ޚަރަކާތެއްގައި އިސްކޮށް މަސައްކަތްކުރަން.

ތަފާތު ގިނަ އިޖްތިމާއީ ޚަރަކާތްތަކުގައި ބައިވެރިވިން، އަދި ކުރިއަށް އޮތް ތަނުގައިވެސް ބައިވެރިވާނަން.

ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު:  2012 ވަނަ އަހަރު އެމްޑީޕީއާ

 ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟:

ރަށުގައި ކުރެވޭ ކަންކަމުގައި އަންހެނުންގެ އަޑު އިއްވުމަށް ބޭނުންވަތީ

މުޖްތަމައު ރަނގަޅު ގޮތުގައި ތަރައްޤީ ވުމަށް އަންހެނުންގެ ބަސް މުހިއްމު ވާތީ

ރަށުތެރޭގައި އާއްމުވެފައިވާ ތަފާތު ނަފްސާނީ އަނިޔާއާއި ގެވެށި އަނިޔާތަކަށް ހައްލު ހޯދާދިނުމަށް ސަރުކާރުގެ ކަމާބެހޭއިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާތީ.

އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:

މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއާއެކު މިނުކުތީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ މާތް މަގުސަދު އޮތީ މި ޕާޓީގެ ވިސްނުމުގައި ކަމަށްވާތީ. ޕާޓީއަކުން ނުކުތް ނަމަވެސް އަޅުގަނޑުގެ ޚިދުމަތް މުޅި ރަށަށް ހަމަހަމަވާގޮތަށް ދިނުމަށް އިސްކަންދޭނަން.

ކައުންސިލަށް ހޮވަންވީ ކީއްވެ؟:

ރަށުގެ ތަރައްޤީގެ ކަންކަމުގެ ތަފާތު އުމުރުގެ ދެޖިންސްގެ މީހުންގެ ޚިޔާލު ހޯދައިގެން ކަންތައްތައް ނިންމުމަށް އަޅުގަނޑު އިސްކަންދޭނެތީ.

އަޅުގަނޑަކީ ކޮންމެ ދުވަހަކުވެސް ތަފާތު ގިނަ މީހުންނާ ބައްދަލުވެ އެމީހަކު ބޭނުންވާ ވާހަކައެއް ބުނެވޭ ހިސާބުގައި ހުންނަ މީހަކަށްވާތީ ރައްޔިތުމީހާގެ އިހްސާސްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޯރާލެއް އަވަސްވާނެ.

ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް):

 ބިންގާ އެޅި ނަމަވެސް ގެއްލިފައިވާ ޕްރީ ސްކޫލް ވީހާވެސް އަވަހަކަށް ރައްޔިތުންނާ ހަމަައަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން. އަދި ޕްރީ ސްކޫލު އާންޓީންގެ މުސާރަޔާ އިނާޔަތްތައް ލިބުމުގައި ދިމާވާ ދަތިތައް ފިލުވައިދިނުމަށް މަސައްކަތްކުރުން.

މިހާރުވެސް އެކިޕާޓީތަކުގެ މީހުންނާ މި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށްގެން ރަށުތެރޭގައި ހުރި މީހުން ކަންބޮޑުވާ ކަންތައް ދެނެގަތުން.

 ރަށުގެ އެތަން މިތަނަށް ކުނިއެޅުން ހުއްޓުވުމަށް މަސައްކަތްކުރުން.

 މޫދު އެރުމަށް ބޭނުންކުރާ ސަރަހައްދުގެ (ވެލިގަނޑު) އެކި ހިސާބުގައި ޑަސްބިން ބެހެއްޓުން.

އެޑިޓަރުގެ ނޯޓް

މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.

ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355